ބާލީ ދަތުރަށް ބައި މިލިއަން، ބ.އަތޮޅު ކައުންސިލުން ވަނީ ހަރަދު ކުޑަކުރުމުގެ ސާކިއުލާއާ ހިލާފުވެފައި: އޮޑިޓް

ދަޕްރެސް

26 ޖެނުއަރީ 2026 | ހޯމަ | 1:46

ބ. އަތޮޅު ޕްރޮމޯޓުކުރުމަށާއި އިންޑޮނޭޝިއާގެ ލާމަރުކަޒީ ނިޒާމް ހިނގާ ގޮތް ބަލާ ތަޖުރިބާ ހޯދުމަށް ބ. އަތޮޅު ކައުންސިލުން ކުރި ދަތުރަށް ބޮޑު ހަރަދެއް ކޮށްފައިވާކަމަށާއި މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސާކިއުލާއާ ހިލާފަށް ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުން ދައްކައިފިއެވެ.

ބ އަތޮޅު ކައުންސިލް އިދާރާގެ 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނާ ގޮތުގައި، ބ. އަތޮޅު ޕްރޮމޯޓުކޮށް އިންޑޮނޭޝިއާގެ ލާމަރުކަޒީ ނިޒާމް ހިނގާ ގޮތް ބަލާ ތަޖުރިބާ ހޯދުމަށް، ބ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އިންޑޮނޭޝިއާގެ ބާލީއަށް ކުރި ދަތުރަށް 562,471 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

10 ދުވަހުގެ މުއްދަތަށް ކުރި މި ތަޖުރިބާ ދަތުރުގައި އަތޮޅު ކައުންސިލް އިދާރާ ތަމްސީލުކުރާ 12 މެންބަރުންނާއި ބިއުރޯ މުވައްޒަފެއްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 14 މެމްބަރުން ބައިވެރިވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދަތުރަށް ކުރި ހަރަދަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަން ތަންފީޒުކުރުމަށް ލޯކަލް ގަވަމެންޓު މިނިސްޓްރީން ނެރުނު ސާކިއުލާގައި އަންގާފައިވާ އެންގުމާއި ހިލާފަށް ކޮށްފައިވާ ހަރަދެއްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މައުޟޫޢުތަށް