ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި ބަޔަކު ހައްޔަރުކޮށްފި
ދަޕްރެސް
26 ޖެނުއަރީ 2026 | ހޯމަ | 5:51
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 2.8 ލައްކަ ރުފިޔާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރު ކޮށްފިއެވެ
.ފުލުހުން ބުނީ، މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / ގުޑްލައިފް، މުހައްމަދު ހަސަން (59އ) އާއި ސ. ހިތަދޫ / އުދަ، އަލީ އިރުފާނު އަހްމަދު ދީދީ (26އ) އާއި ސ. ހިތަދޫ / ނަންރީތިގެ، އަލީ ޝިރާޒު (38އ) އާއި ހދ. ވައިކަރަދޫ / ޕެރިމްރޯޒް، އަބްދުﷲ ނާފިޒް (39އ) އާއި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު އަލީ (42އ) އާއި މ. މާލޭގެއާގެ / މާލެ، މުހައްމަދު ނުހާދު އަލީ (30އ) އާއި ހއ. ކެލާ / ޕެނަމާ، މުހައްމަދު ސިމާދު (38އ) އާއި ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާޤް (19އ) އާއި ކ. ހިންމަފުށި / މެޑޯޒް، މުހައްމަދު އިބްރާހީމް (49އ) އެވެ.