އިންޑިއާ އާއެކު އޮތް ގުޅުން ހަރުދަނާކޮށް އެއްބާރުލުން ދިނުން އިތުރުކުރާނަން: މުއިއްޒު
ދަޕްރެސް
26 ޖެނުއަރީ 2026 | ހޯމަ | 7:30
ރާއްޖެ އާއި އިންޑިޔާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، އަމަލީ ގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާ އެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އިންޑިއާގެ ރައީސް މުރްމުއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، އިހްތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ވިދާޅުވެފައި ވެއެވެ.