4 އަހަަރަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީ މަހަށް
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 8:00
2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަސްވެފައި އޮތް އޮތުމަށް ބަދަލު ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލް ކިޔެވުން ފަސްކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. ވޭތުވެ ދިޔަ ހަތަރު އަހަރަށް ފަހު ޖެނުއަރީ މަހުގައި ސްކޫލް ކުދިންގެ ކިޔެވުން ފެށި މިއީ ފުރަތަމަ އަހަރެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މިއަދު ސްކޫލްތަކުގެ ކިޔެވުން ފަށާފައި ވާއިރު، ސަރުކާރުގެ 218 ސްކޫލްގައި 77،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާނެއެވެ. އަދި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޖުމްލަ 10500 މުދައްރިސުން ހަރަކާތްތެރިވާ އިރު 8000 ދިވެހި މުދައްރިސުންނާއި 2500 ބިދޭސީ މުދައްރިސުން ތިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.