މޫސާ ޖަލީލު މޭޔަރަކަށް ހޮވަންވީ ސަބަބު، އެއީ ގައުމަށް ގައްދާރު ވާނެ ބޭފުޅެއް ނޫން: ސާޖިދާ
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 7:58
މާލޭގެ މޭޔަރު ކަަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މުސާ އަލީ ޖަލީލު ހޮވަން ވީ ސަބަބަކީ އެ ބޭފުޅާއަކީ ގައުމަށް ގައްދާރު ވާނެ ބޭފުޅެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖިއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ، ނޮވެމްބަރު 10ގައި ރާއްޖެއަށް ކުރިމަތިވި ހާދިސާ ހިނގި އިރު އެކަމަނާގެ އުމުރުފުޅު އޭރު ވާނީ 10 އަހަރު ކަމަށެވެ. އެ ދުވަސްވަރު ވާހަކަތައް އެކަމަނާގެ މަންމާފުޅު ދައްކަވާ އިރު މޫސާ އަލީ ޖަލީލްގެ ވާހަކަތައް ދައްކަވަނީ ވަރަށް ފަހުރުވެރި ކަމާއެކުގައި ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެފަދަ ނުރައްކާތެރިކަމެއް ރާއްޖެއަށް ކުރިމަތިވީ ދުވަހެއްގައި ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނެވި މޫސާ އަލީ ޖަލީލުގެ ހިތުގައި މި ގައުމަށް އޮންނާނެ ލޯތްބާ މެދު އަދި މި ގައުމަށް ކަންކަން ކޮށްދެއްވާނެ ގޮތް އެއްވެސް މީހަކަށް އޮޅިގެން ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.