ދީނާއި ގައުމަށް ލޯބިކުރާ ދަރިން ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން: ރައީސް

ދަޕްރެސް

27 ޖެނުއަރީ 2026 | އަންގާރަ | 8:34

އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، ހަރުދަނާ، ހީވާގި ދަރީންތަކެއް ބިނާ ކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ތައުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށާއި، ބެލެނިވެރީންނާއި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވީ ތައުލީމު އުނގެނުމާއި އުނގަންނައި ދިނުމަކީ ވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށެވެ. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައި ދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިހްލާސްތެރިވީ މިންވަރަކުން ކަމަށެވެ.

މައުޟޫޢުތަށް