އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވަމުން އަންނަ ގައުމެއް: ހަލީލް

ދަޕްރެސް

27 ޖެނުއަރީ 2026 | އަންގާރަ | 10:22

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ބިނާވެފައިވާ ތާރީހީ، ވަރުގަދަ ޒަމާންވީ ގުޅުމެއް ކަމަށާއި އިންޑިއާ އިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ހަލީލް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަކީ ހަމައެކަނި ތާރީހީ ފަތްފުށްތަކުން ފެންނަން އޮތް ގުޅުމެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ރާއްޖޭގެ ތަރައްގީއާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ބަދަހި ގުޅުމެއް ކަމަށެވެ.

މައުޟޫޢުތަށް