ފަތިސް ނަމާދުން ދުވަސް ފަށަން ދަރިވަރުން ރައީސް އިލްތިމާސް ކުރައްވައިފި

ދަޕްރެސް

27 ޖެނުއަރީ 2026 | އަންގާރަ | 10:33

ދަރިވަރުން ދުވަސް ފަށަން ވާނީ ފަތިސް ނަމާދުން ކަމަށާއި، އެކަން އެގޮތަށް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްކަމުން ދަރިވަރުންނާއި، ޕްރިންސިޕަލުން އަދި ޓީޗަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ތައުލީމީ ހަޔާތަކީ ގައުމާއި، މުޖުތަމައަށް ބޭނުންތެރި ދުވަސްތަކަކަށް ހަދަންވާނެ ކަމަށާއި ހަޔާތުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ވަގުތެއްވެސް ހޭދަކުރަން ވާނީ އިސްލާމްދީނާ އެއްގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް