ފުލުހުންގެ ވެހިކަލެއްގެ މައްޗަށް އަރާ ވީޑިއޯއެއް ނެގީ 15 އަހަރުގެ ކުއްޖެއް، ވީޑިއޯ ދައުރުނުކުރަން އެދިއްޖެ
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 4:22
ފުލުހުންގެ ވެހިކަލެއްގެ މައްޗަށް އަރާ ވީޑިއޯއެއް ކުޅެފައިވާ މައްސަލަ ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުނެފައެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިފަދަ ކޮންޓެންޓް، ކުއްޖާއަށް ފުރައްސާރަ ރައްދުވާ ގޮތަށް އާންމުކުރުމާ، އަލުން ބްރޯޑްކާސްޓް ކުރުމަކީ އެ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. އަދި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.