މާލެއިން ފުވައްމުލަކު މީހަކު ގެއްލުނުތާ 3 މަސް، އޭނާ ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 4:20
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ އަބްދުލްއަޒީޒު މުހައްމަދު (64އ) ދޫޑިގަން. ދުންފިނިގެ / ޏ.ފުވައްމުލައް، ކަމަށެވެ. އޭނާ މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އަދި އަބްދުލްއަޒީޒު މުހައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.