މާފަންނު ގެއެއްގައި އަލިފާން ރޯވެ، ސިފައިން ހަރަކާތްތެރިވަނީ
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 4:19
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. މަލީޝާގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. ނަމަވެސް އެ ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވެއެވެ.
މިވަގުތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ.