އެސްއީޒެޑް އިންވެސްޓްމަންޓްގެ އެންމެ ދަށް މިންގަނޑަކީ 500 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅައިފި

ދަޕްރެސް

27 ޖެނުއަރީ 2026 | އަންގާރަ | 5:37

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.

މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިކަން އިއުލާނުކޮށްފައިވާއިރު، އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ބުނާގޮތުން އެސްއީޒެޑް ތަކުގައި ހިންގިދާނެ މަސައްކަތްތަކާއި އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން ރައީސްގެ ގަރާރަކުން ކޮންމެ އަހަރަކު އެއްފަހަރު އިއުލާނުކުރަން ޖެހެއެވެ.

އެގޮތުން ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެސްއީޒެޑްގައި ހިންގިދާނޭ އިގުތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތައް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މައުޟޫޢުތަށް