ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް އެޅުމުގެ މަސައްކަތް 53 މިލިއަނަށް އަލްޓެކް މޯލްޑިވްސްއަށް

ދަޕްރެސް

27 ޖެނުއަރީ 2026 | އަންގާރަ | 7:46

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް، އައިސޮލޭޓް ކުރެވޭގޮތަށް ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 53،560،648.01 ރުފިޔާއަށް 435 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖާ، ހުސައިން ތަސްމީން އެވެ. މި މަސައްކަތަށް ފަންޑުކޮށްފައިވަނީ އޭޝިއަން އިންފްރާސްޓްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިންނެވެ.

މައުޟޫޢުތަށް