އޮޕަރޭޝަން އަލިމަގު: ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 9:36

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 26 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް ޢަމްރު ތައުފީޤު (22އ) އެވެ.

މައުޟޫޢުތަށް