ގެއްލިގެން ހޯދަމުން ދިޔަ އަބްދުލްއަޒީޒް މުހައްމަދު ހުރީ ތިލަފުށީގައި: ފުލުހުން

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 9:58

ގެއްލިގެން ހޯދަމުން ދިޔަ އަބްދުލްއަޒީޒް މުހައްމަދު ހުރީ ތިލަފުށީގައި ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ފުލުހުން ވަނީ އަބްދުލްއަޒީޒު މުހައްމަދު (64އ) ދޫޑިގަން. ދުންފިނިގެ / ޏ.ފުވައްމުލައް، ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ. ފުލުހުން ބުނީ އޭނާ މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އަދި އަބްދުލްއަޒީޒު މުހައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މައުޟޫޢުތަށް