ބީއެމްއެލްއިން ކްރެޑިޓް ކާޑު ލިމިޓު ދެ ގުނަ ބޮޑުކޮށްފި

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 11:07

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުގެ އެކަކުން ފެށިގެން ދެގުނަ ބޮޑުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުން ދޫކުރާ ކްރެޑިޓް ކާޑުތަކުގެ ތެރެއިން ތިން ކެޓަގަރީގެ ކާޑަކުން ލިމިޓް ބޮޑުކޮށްފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއީ ކޮންމެ ކަސްޓަމަރަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ލިމިޓްގެ އިތުރުން އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ.

މައުޟޫޢުތަށް