ވަޒީފާ އާއި ފްލެޓް ބަހާ، ސަރުކާރުން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުން: އެމްޑީޕީ

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 2:18

އިންތިހާބަށް ސަރުކާރުން އެތައް ނުފޫޒެއް ފޯރުވަމުންދާ ކަމަށާއި، ގޯއްޗާއި ފުލެޓު ބެހުމާއި އެތައް ވަޒީފާއެއް ދެމުން އަންނައިރު އޭސީސީން ސަރުކާރުން ކުރާ ކަންކަމަށް ތަރުހީބު ދެމުން އަންނަކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން ހުޅުމާލޭ އުތުރު ދާއިރާގެ ކެންޑިޑޭޓު ފާތިމަތު ޒަހިއްޔާ އަށް ޗިޓު ފޮނުވުމަށްފަހު މިހާރު ކެންސަލްކޮށްފައިވާކަމަށާއި މިއީ ސިޔާސީ ނުފޫޒު އެ މުއައްސަސާއަށް ފޯރާފައިވާ މިންވަރު ދައްކައިދޭކަމެއް ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާ އިރު، އެކަންކަމާ ގުޅުން ހުރި މުއައްސަސާތަކުން އެކަމަށް ތައްޔާރުވެފައި ނެތް ކަމަށެވެ. އެކަމުގެ ސަބަބުން ދަތިތަކެއް ހުރިކަން ފާހަގަކޮށް އެމްޑީޕީން ބުނީ ފޯމު ސަބްމިޓު ކުރަން އެކަށީގެންވާ މުއްދަތެއް ދީފައިނުވާ ކަމަށެވެ. އިންތިހާބަށް ފޯމު ހުށަހެޅުމަށް އިތުރު 10 ދުވަހުގެ މުއްދަތައް އެދެމުން އެމްޑީޕީން ބުނީ ސަރުކާރު ކެންޑިޑޭޓުންނަށް ފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުން ދާތަން ފެންނަކަމަށެވެ.

މައުޟޫޢުތަށް