8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނުތައް ފަށައިފި
ދަޕްރެސް
28 ޖެނުއަރީ 2026 | ބުދަ | 3:10
މި އަަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު، 8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.
މި ފަހަރުގެ އޯލެވެލް އިމްތިހާނު ޖުމްލަ 267 ސެންޓަރެއްގައި މިފަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށް ދާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 21 ސެންޓަރެއްގެ އިތުރުން އަތޮޅު ތެރޭގެ 246 ސެންޓަރެކެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ޖުމްލަ 8،218 ދަރިވަރުން އިމްތިހާނު ހަދާނެއެވެ.
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ފެބްރުއަރީ މާޗްގައި މި އަހަރު އޯލެވެލް ހަދާއިރު، މިހާރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނުވެސް މިއަހަރު އޮކްޓޯބަރު މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.