ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ނަގާ ފީ 50 އިންސައްތަ ކުޑަކުރަނީ

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 6:21

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ނަގާ ފީ 50 އިންސައްތަ ކުޑަކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރަން އަމަލުކުރަމުން އަންނަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އިންތިގާލީ އުސޫލުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްފައިވާކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.

މައުޟޫޢުތަށް