އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭނަމަ ހާއްސަ ހުއްދައެއް ނަގާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ދަޕްރެސް

28 ޖެނުއަރީ 2026 | ބުދަ | 9:13

މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭނަމަ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، މި ބަދަލުތައް ގެނެސްފައި ވަނީ ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނާއި ޑްރައިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. އަދި މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ހިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރުތީބުކުރުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުގެ މަތިން މިއަދު ގެޒެޓުކުރި އިސްލާހުގައިވާ އެއް ބަދަލަކީ ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ، މަދު އަދަދު 100 އިން 50 އަށް މަދުކުރުމެވެ.

މައުޟޫޢުތަށް