އިގުތިސާދީ މިނިވަންކަން ކަށަވަރުކުރުމަށް ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމުގެ ބޭނުން ހިފަން ޖެހޭ: މިނިސްޓަރު ޝިޔާމް
ދަޕްރެސް
28 ޖެނުއަރީ 2026 | ބުދަ | 8:34
އިގުތިސާދީ މިނިވަންކަން ކަށަވަރުކުރުމަށް ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމުގެ ބޭނުން ހިފަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކުގައި ހިންގިދާނެ މަސައްކަތްތަކުގެ ތެރެއަށް ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަން މަސައްކަތްތައް ހިމަނާ އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަރާރު އިސްލާހު ކުރައްވާފައެވެ. މިކަމާ ގުޅުވާ ކުރީގެ އެންވާރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވަނީ ރާއްޖޭގެ ކަނޑުގެ އަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގެ ކަނޑުން ތެލާއި މިނަރަލް ހޯދޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި މިއީ ކުރު ރާސްތާގެ ފައިދާއަކަށް ވިސްނުމަށްފަހު ކޮށްފައިވާ ކަމެއް ކަމުގައި ޝައުނާ ވަނީ ވިދާޅުވެފައެވެ.