އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތު ލެބުގެ ހިދުމަތް ފަށައިފި
ދަޕްރެސް
29 ޖެނުއަރީ 2026 | ބުރާސްފަތި | 9:27
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތެޓަރައިޒޭޝަން ލެބޯޓަރީ (ކެތު ލެބު) ގެ ހިދުމަތް ފަށައިފިއެވެ.
މިއީ، މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ކެތު ލެބެވެ. އައްޑޫ ސިޓީގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން ކެތު ލެބުގެ ހިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗާ ގުޅިގެންނެވެ.
ކެތު ލެބުގެ ހިދުމަތް ފެށުމާއި ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އައްޑޫ ސިޓީގައި ކެތު ލެބުގެ ހިދުމަތް ފެށިގެން މިދިޔައީ ސަކޭތަ އިންސައްތަ ދިވެހިންނާ އެކުގައި ކަމަށާއި ބޭނުންވަނީ ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ސިއްހީ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.