ގިރާވަރުފަޅުން ދޫކުރާ 4072 ގޯތީގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު

ދަޕްރެސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 9:29

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅުގެ ލޭންޑް ޔުސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ކުރިން ޝާއިއު ކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑް ޔުސް ޕްލޭންގައި 610 ގޯތި މަދުވާތީ، އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4,072 ގޯތި ހިމެނޭހެން އާ ލޭންޑް ޔޫސް ޕްލޭން މި މަހުގެ 26 ގައި ގެޒެޓުގައި އާންމުކޮށްފައި ވާނެ ކަމަށެވެ. މި ބަދަލާ ގުޅިގެން، "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ގުރުއަތުލުން އޮންނާނީ ސޯޝަލް ސެންޓަރުގެ ހޯލުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަގުތުން ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް