ނ. އަތޮޅުގައި ތަރައްގީކުރާ 790 މިލިއަން ޑޮލަރުގެ ސަސްޓެއިނަބްލް ޓައުންޝިޕްގެ މަސައްކަތް ފަށައިފި

ދަޕްރެސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 12:26

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް'ގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

"ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއަކީ މީހުން ދިރިއުޅޭ ގޮތަށް އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ކުރެވޭ ގޮތަށް ނ. އަތޮޅުގައި ތަރައްގީ ކުރާ ސަރަހައްދެކެވެ.

މި ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތްކުރާ ތަންތަން ގާއިމު ކުރުމަށް ރާވާފައި ވެއެވެ. މީގެ އިތުރުން ވެސް މި ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ ނިންމާފައެވެ.

މައުޟޫޢުތަށް