ހުސްވި އަަހަރުގެ ފަހު ކުއާޓާގައި ބީއެމްއެލްއަށް 828.7 މިލިއަން ރުފިޔާގެ ސާފު ފައިދާ

ދަޕްރެސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 1:40

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް ހާސިލްކޮށްފިއެވެ.

ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓައާއި އަޅައިބަލާއިރު 76.2 ޕަސެންޓުގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. އަދި މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 16.1 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓު އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. މިކަމުން ބޭންކުގެ ބެލެންސް ޝީޓްގެ ހަރުދަނާކަން ދަމަހައްޓަމުންދާކަން ހާމަކޮށްދޭ ކަމަށް އެ ބޭންކުން ބުނެއެވެ.

މައުޟޫޢުތަށް