ގިރާވަރު ފަޅު ހިއްކަން ފަށައިފި
ދަޕްރެސް
30 ޖެނުއަރީ 2026 | ހުކުރު | 10:51
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކަން ފަށައިފިއެވެ.
އެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެކްސްގައި ހިއްސާ ކުރެއްވި ފޮޓޯތަކަކާއެކު އެމަނިކުފާނު ވިދާޅުވީ، މިއަދު ހެނދުނު ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސީއެމްސީ-ބޮސްކާލިސްއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން 160 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ގިރާވަރުފަޅު ހިއްކަން އަލުން މިއަދު ފަށާފައިވާއިރު ގިރާވަރު ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވާތީ މާދަމާ ވަނީ ގޯތީގެ ގުރު ނަގަން ތާވަލުކޮށްފައެވެ.