ހިޔާގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދަޕްރެސް

30 ޖެނުއަރީ 2026 | ހުކުރު | 7:24

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ހުޅުމާލެ ހިޔާ 5 ވަނަ ޓަވަރުގައި އަލިފާޏުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހއްދުގައި ހުޅުމާލެ ފަޔާ ސްޓޭޝަން ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓަވަރުގައި ދިރިއުޅޭ މީހުން ސިޑިން ތިރިއަށް ފޭބުމަށް އަންގައި އާންމުން ސިޑިން ތިރިއަށް ފައިބަމުން އަންނަ ކަމަށް ވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ 5 ވަނަ ޓަވަރުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ހުރޮހާހޮޅިތަކެއް ވަނީ އަނދާފައެވެ.

މައުޟޫޢުތަށް