ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ވައިގެ ސަދަން ހަބަށް ހަދާނަން: މިނިސްޓަރު އަމީން
ދަޕްރެސް
30 ޖެނުއަރީ 2026 | ހުކުރު | 10:39
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިންލަ ްއަގްވާމީ އެއާލައިންތައް ގެންނަން މަސައްކަތް ކުރައްވާ ކަމަށާއި އެ އެއާޕޯޓަކީ ރާއްޖޭގެ ވައިގެ ސަދަން ހަބު ކަމުގައި ހަދާނަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދެކުނުގެ އަތޮޅުތައް ގުޅާލުމަށް ކުރިއަށްގެންދާ "ދެކުނުގެ ގުޅުން" ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ ކޮމާޝަލް އެއާލައިންތަކުގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރެވޭނެ ކެޕޭސިޓީ ހުރި އެއާޕޯޓެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ މިންވަރަށް އެއާލައިން އޮޕަރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައި ނެތް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.