ބިންވެރިޔާ ސްކީމް: ގިރާވަރުފަޅުން ދޫކުރާ ގޯތީގެ ގުރުއަތުލުން ފަށައިފި
ދަޕްރެސް
31 ޖެނުއަރީ 2026 | ހޮނިހިރު | 9:58
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ.
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9001 ގޯތި ދޭން ނިންމާފައިވާ އިރު، އޭރު ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 އަދި ގިރާވަރުފަޅުން 5432 ގޯތި ދޭށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ގުޅިފަޅުގައި ގާއިމްކުރަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ އެކު މިހާރު ހުޅުމާލެއިން 1370 ގޯތި، ގުޅިފަޅުން 3559 ގޯތި އަދި ގިރާވަރުފަޅުން 4072 ގޯތި ދޭން މި ވަނީ ނިންމާފައެވެ.