ހިޔާ ޓަވަރު އަލިފާން: 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ދަޕްރެސް

31 ޖެނުއަރީ 2026 | ހޮނިހިރު | 10:40

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މި ހާދިސާއާއި ގުޅިގެން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށާއި، މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެ ކޯޕަރޭޝަނާއި ގުޅިގެން ބަލަމުންދާކަމަށެވެ.

މައުޟޫޢުތަށް