އަލިފާނުގެ ހާދިސާ: ޓަވަރު 5 ގެ އެޕާޓްމެންޓު 6 އަދި 7 ގެ ފާހާނަ ބޭނުން ނުކުރުމަށް އަންގައިފި

ދަޕްރެސް

31 ޖެނުއަރީ 2026 | ހޮނިހިރު | 11:07

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގާފައިވާއިރު، މި ހާދިސާއާއި ގުޅިގެން އެޕާޓްމެންޓު 6 އަދި 7ގެ ފާހާނަ ބޭނުން ނުކުރުމަށް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ހިޔާ ޓަވަރު 5 ގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެޕާޓްމަންޓް 6 އަދި 7 ގެ މައި ހޮޅިއައް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރަމުން ދާކަމަށެވެ.

އެހެންކަމުން މި އެޕާޓްމެންޓުތަކުގެ ފާހާނަ ބޭނުން ނުކުރުމަށް އަންގާ އެޗްޑީސީން ބުނީ މި މަސައްކަތް ނިމުނުހާ އަވަހަށް އެކަން އަންގާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް