ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގައި ވާދަކުރުމަށް 3413 ފޯމު ހުށަހަޅައިފި
ދަޕްރެސް
31 ޖެނުއަރީ 2026 | ހޮނިހިރު | 6:09
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 3413 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 1865 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން 1366 ފޯމު ހުށަހެޅި އިރު އޭގެ ތެރެއިން ޝަރުތުފުރިހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 1197 މީހުންގެއެވެ. އަދި 169 ފޯމެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައި ނުވާއިރު ގަބޫލު ނުކުރުމުގެ ސަބަބުން އަލުން އިސްލާހުކޮށް، 163 ފޯމު ވަނީ ހުށަހަޅާފައެވެ.
ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް 499 ފޯމު ހުށަހެޅިއިރު 359 ފޯމު ވަނީ ބަލައިގެންފައެވެ. އަދި 140 ފޯމު ބަލައިގެންފައިނުވާއިރު އަލުން އިސްލާހު ކުރުމަށްފަހު 123 ފޯމެއް ވަނީ ހުށަހަޅާފައެވެ.