ސްވައިޕްގެ ލިމިޓެޑް ރިލީޒަށް ރެޖިސްޓްރީވާން ބީއެމްއެލް އިން ހުޅުވާލައިފި
ދަޕްރެސް
31 ޖެނުއަރީ 2026 | ހޮނިހިރު | 7:08
ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ ސްވައިޕްގެ ލިމިޓެޑް ރިލީޒަށް ރެޖިސްޓްރޭޝަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
ބީއެމްއެލުން ބުނީ މިއީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި 100 ޕަސަންޓު ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ ://.. މެދުވެރިކޮށް ރަޖިސްޓާވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.
ސްވައިޕްއާ ގުޅޭގޮތުން ބީއެމްއެލުން ބުނީ ރަޖިސްޓާވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެކަމަށެވެ. އެގޮތުން ޕާސަންޓު-ޕާސަން ޓްރާންސްފާތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.