އަދާލަތު ޕާޓީގެ ރައީސަކަށް އެ ޕާޓީގެ ނައިބު ރައީސް ޝެއިހް ޝިފާން!

ދަޕްރެސް

31 ޖެނުއަރީ 2026 | ހޮނިހިރު | 10:20

އަދާލަތު ޕާޓީގެ އައު ރައީސް ހޮވުމަށް ބޭއްވި އޮންލައިން އިންތިހާބު، 99 އިންސައްތަ ވޯޓާއެކު އެ ޕާޓީގެ ނައިބު ރައީީސް ޝެއިހް މުހައްމަދު ޝިފާންއާއި ރަނިންގް މޭޓް ޝެއިހް އަބްދުﷲ ރަޝީދު ކާމިޔާބުކޮށްފިއެވެ.

ޝިފާނަށް 99 އިންސައްތަ ވޯޓު ލިބުނުއިރު، ޝިފާނާއި ރަޝީދާ ވާދަކުރެއްވި ޑރ. އިކްރާމް އަބްދުއްސައްތާރާއި ރަނިންގް މޭޓުގެ ގޮތުގައި ވާދަކުރެއްވި މުހައްމަދު މުއްތަލިބަށް ލިބުނީ އެންމެ އިންސައްތައެކެވެ.

އަދާލަތު ޕާޓީގެ އިންތިހާބު ކޮމިޓީން އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބުގައި ވޯޓުލީ ވޯޓުލެވޭ 8،340 މެންބަރުންގެ ތެރެއިން 22 އިންސައްތަ މެންބަރުންނެވެ. އެއީ 1،835 މެންބަރުންނެވެ.

މައުޟޫޢުތަށް