2.4 ބިލިއަންގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން ބޯޑުގެ ޗެއާޕާސަން އިނާޒު ވެސް އިސްތިއުފާ ދެއްވައިފި
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 1:52
ސަރުކާރުން ނަގަން މަސައްކަތް ކުރާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން ހާމަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.
އަދި އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލް ކުރެވޭތީ ކަމަށް އިނާޒް ވިދާޅުވެފައި ވެއެވެ.