ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 2:04
ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ހަސަން މޫސާ (33އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހަސަން މޫސާ ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހަސަން މޫސާ ވިޔަފާރިކޮށްފައިވާ ނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓް ކުރުމަށް ފުލުހުން ބުނެފައި ވެއެވެ.