ތިލަފުށީގައި ބިދޭސީއަކު ނިޔާވި މައްސަލަ: އެކްސްކެވޭޓަރު އޮޕަރޭޓް ކުރި މީހާ ހައްޔަރުކޮށްފި

ދަޕްރެސް

1 ފެބްރުއަރީ 2026 | އާދިއްތަ | 2:26

ކ. ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ނިޔާވި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި 32 އަހަރުގެ ސްރީލަންކާގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) މި މަހުގެ 26 ގައި ގެއްލިފައިވާ އިރު، އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިގެން ބެލި އިރު އެ ދުވަހު އޭނާ ފެނިފައި ވަނީ ނިޔާވެފައި އޮއްވައެވެ.

މައުޟޫޢުތަށް