ރޯދަ ހަދިޔާ ބެހުން: 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ދަޕްރެސް

1 ފެބްރުއަރީ 2026 | އާދިއްތަ | 5:32

ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށެވެ. އަދި ރޭގެ ނިޔަލަށް މުޅި ޖުމްލަ 26,739 މަސްދަޅު ކޭސް މާލެއިން އެކަނިވެސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 11 ގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މައުޟޫޢުތަށް