ދަރަނީގެ މައްސަލާގައި ސަރުކާރަށް އެކަނި ހައްލު ނުހޯދޭނެ، އެއީ ގައުމީ މައްސަލައެއް: ނަޝީދު
ދަޕްރެސް
2 ފެބްރުއަރީ 2026 | ހޯމަ | 5:48
ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަކީ މިހާރުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވުމުން، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާ ކަން ސާފުކަމަށެވެ.