ހުސްވި ޑިސެމްބަރު މަހު އެކަނިވެސް، ކުޑަކުދިންނަށް ކުރާ އަނިޔާގެ 85 މައްސަލައެއް!

ދަޕްރެސް

2 ފެބްރުއަރީ 2026 | ހޯމަ | 4:23

2025 ވަނަ އަހަރުގެ ޑިސެންބަރު މަސް ނިމުނު އިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ރިޕޯޓުކޮށްފައި ވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 25 މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 10 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 14 މައްސަލައަކާއި ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 01 މައްސަލައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 15 މައްސަލައެއް ޑިސެންބަރު މަހު އެ ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 13 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 03 މައްސަލައެކެވެ.

މައުޟޫޢުތަށް