5 އަހަރު ތެރޭ 3 އިންތިހާބު ބޭއްވުމުން މުޅި ދައުލަތް އޮންނަނީ 'އިންތިޙާބީ ހުމެއްގެ' ތެރޭގައި: މިނިސްޓަރު ޝަރީފް
ދަޕްރެސް
2 ފެބްރުއަރީ 2026 | ހޯމަ | 3:48
5 އަހަރުގެ ދައުރެއްގެ ތެރޭގައި 3 އިންތިހާބު ބޭއްވުމުން މުޅި ދައުލަތް އޮންނަނީ 'އިންތިހާބީ ހުމެއްގެ' ތެރޭގައި ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިސްލާހު ހުށަހަޅާފައިވާއިރު، މިނިސްޓަރު ޝަރީފް ވަނީ 5 އަހަރު ތެރޭ 3 އިންތިހާބު ބޭއްވުމަކީ ގައުމީ އުފެއްދުންތެރިކަމަށް މަސައްކަތް ކުރުމަށް ލިބޭ ވަގުތުން ބޮޑު ބައެއް ކެންޕެއިންތަކަށް ހޭދަ ކުރަންޖެހި އަދި އެކަމުގެ ސަބަބުން ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު، އެކުގައި ބޭއްވުމަކީ މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.