ޕްރައިވެޓް ކެންޑިޑޭޓުންނަށް އޭ ލެވެލް އިމްތިހާނު މޭ/ޖޫން ގައި ހެދޭ ގޮތަށް ހަމަޖައްސައިފި

ދަޕްރެސް

2 ފެބްރުއަރީ 2026 | ހޯމަ | 5:46

ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަހަރުން ފެށިގެން މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި ހެދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

2019 ވަނަ އަހަރަށް ފަހު ދިވެހިރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިހާނު ދިނުން ވަނީ ހުއްޓާލާފައެވެ. ކޮވިޑާއި ގުޅިގެން ދެން މި އިމްތިހާނު ބާއްވަމުން އައިސްފައިވަނީ އޮކްޓޫބަރު/ނޮވެމްބަރުގައެވެ.

އޭލެވެލް އިމްތިހާނު މޭ/ ޖޫންގައި ވެސް ބާއްވައިދޭން އެދި 300 އެއްހައި ދަރިވަރުން ވަނީ ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެފައެވެ. ޕެޓިޝަން ހުށަހަޅަނީ ނަތީޖާ ދަށްވާ ހާލަތެއްގައި އަލުން ޓެސްޓު ހަދަން ފުރުސަތު ލިބެނީ އެއް އަހަރު ފަހުން ކަމަށާއި މިކަމުގެ ސަބަބުން އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި ސްކޮލާޝިޕް ހޯދަން އޮންނަ ފުރުސަތު ހަނި ވާކަމަށް ބުނެއެވެ.

މައުޟޫޢުތަށް