ކޭޕާކް އެޕާޓްމެންޓެއް ހަވާލުކުރަން އަންގައި، ބަދަލު ދޭން ހުކުމްކޮށްފި

ދަޕްރެސް

2 ފެބްރުއަރީ 2026 | ހޯމަ | 6:15

ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގައި ހިންގާފައިވާ ބޮޑު އޮޅުވާލުމުގެ މައްސަލައިގައި، ފްލެޓް ގަތް މީހަކަށް މި މަހުގެ ނިޔަލަށް ފްލެޓް ހަވާލުކުރުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަށް ސިވިލް ކޯޓުން ހަންބޯ ކުންފުނީގެ މައްޗަށް އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު 4.1 މިލިއަން ރުފިޔާއަށް ކޭޕާކުން އެޕާޓްމެންޓެއް ގަތް މީހަކު، ފްލެޓް ލިބުން ލަސްވުމުގެ ސަބަބުން ހުށަހެޅި ދައުވާއެކެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެ މީހާ ގަނެފައިވާ އެޕާޓްމެންޓް މިމަހުގެ ނިޔަލަށް އެމީހާއާ ހަވާލު ކުރުމަށް ހަންބޯ ކުންފުންޏަށް އަންގާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަންނަ އޭފްރީލް މަހުގެ ނިޔަލަށް ދައްކަން ވެސް ހުކުމްކުރި އެވެ.

މައުޟޫޢުތަށް