ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ނިޔާވި މައްސަލަ ބަލަނީ

ދަޕްރެސް

2 ފެބްރުއަރީ 2026 | ހޯމަ | 6:14

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ނިޔާވި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފިއެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ މިއަދު ހެނދުނުއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވަނީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) ކަމަށެވެ.

އެގޮތުން ސުހެއިލްގެ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންތާ ހަފްތާއެއް ވެފައިވާކަމަށާއި، ސުހެއިލް އަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އަދި އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެންކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް