10 ވަރަަކަށް ދުވަސްތެރޭ މާލެ ސިޓީގައި 27،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ދަޕްރެސް

3 ފެބްރުއަރީ 2026 | އަންގާރަ | 8:12

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށިތާ 10 ވަރަކަށް ދުވަސް ތެރޭ މާލެ ސިޓީގައި އެކަނި ވެސް 27،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފިއެވެ.

ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާބެހުން މިއަހަރު ކުރިއަށް ދަނީ ވަރަށް ހަލުވިކޮށް، އޮމާންކަމާ އެކުކަމަށެވެ.

އެގޮތުން މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފާވާކަމަށާއި މިއީ ވަރަށް ބޮޑު ތަރުޙީބެއްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުވެސް ރޯދަ ހަދިޔާ ބަހާނެކަމަށް ފާހަގަކޮށް މިނިސްޓްރީން ބުނީ މި ފަހަރު ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރާނެކަމަށެވެ.

މައުޟޫޢުތަށް