ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން މިހާރު ހަވާލުނުކޮށް ހުރީ 200 އެއްހާ ފްލެޓު: އެފްޑީސީ
ދަޕްރެސް
3 ފެބްރުއަރީ 2026 | އަންގާރަ | 4:13
ފަހި ދިިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން މިހާރު ހަވާލުނުކޮށް ހުރީ 200 އެއްހާ ފްލެޓު ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން ބުނީ ޝެޑިއުލްކުރި ހުރިހާ ފްލެޓެއް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ހަވާލުނުކުރެވި ހުރި ފްލެޓްތަކަކީ އެތަން ލިބުނު މީހުން އެދިގެން ހަވާލުކުރުން ފަސްކޮށްފައިވާ ފްލެޓުތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އިމާރާތް ކޮށްފައިވާއިރު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ ކުލި ކުޑަކޮށްފައެވެ.