ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި

ދަޕްރެސް

3 ފެބްރުއަރީ 2026 | އަންގާރަ | 4:07

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް މެއި 26، 2025 ވަނަ ދުވަހު އައްޔަންކުރެއްވި ވަހީދު އިސްތިއުފާދެއްވާފައި މިވަނީ ކުޑަކުދިންނާ ބެހި، ވިޔަފާރިކޮށް އެތައް ޖަރީމާއެއް ހިންގި ބިލިއަނަރު ޖެފްރީ އެޕްސްޓީން ފައިލްސް ގައި ވަހީދުގެ ގާތް ގުޅުމުގެ ވާހަކަތައް ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.

މައުޟޫޢުތަށް