ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި މާރުކޭޓުން ހިލޭ ގޮޅި ދޫކުރަނީ
ދަޕްރެސް
3 ފެބްރުއަރީ 2026 | އަންގާރަ | 11:03
ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.
މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި މާރުކޭޓެކެވެ.
މި މާރުކޭޓުން ގޮޅި ދޫކުރަނީ ހިލޭ، އެއްވެސް ކުއްޔެއް ނެގުމަކާ ނުލައެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.