2.4 ބިލިއަން އިންވެސްޓުކުރުމުން ބޭރު ފައިސާގެ ރިޒާވެއް އުފެއްދޭނެ: ޕެންޝަން އޮފީސް

ދަޕްރެސް

3 ފެބްރުއަރީ 2026 | އަންގާރަ | 7:02

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރުމަކީ ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މި މުއާމަލާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓު ކޮށްފައިވާ ޓްރެޝަރީ ބޮންޑުތަކުގެ ތެެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ، ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރު ހިމެނޭ 'ޑުއަލް ކަރަންސީ' އިން އަނބުރާ ލިބޭ 2.4 ބިލިޔަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށާއި މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމުމުގައި މުހިންމު ކަންކަމަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް