ޖެފްރީ އެޕްސްޓީނާ ބައްދަލުކުރިއިރު، އޭނާގެ އަނދިރިފަރާތް އެނގިވަޑައި ނުގަންނަވާކަމަށް ވަހީދު ވިދާޅުވެއްޖެ!
ދަޕްރެސް
4 ފެބްރުއަރީ 2026 | ބުދަ | 9:26
ކުޑަކުދިންގެ ވިޔަފާރި ކޮށް އެކުދިންގެ ފަރަތުން ޖިންސީ ޣަރީޒާ ފުއްދަމުން ދިޔަ ބިލިއަނަރު ޖެފްރީ އެޕްސްޓީންގެ އަނދިރިފަރާތް އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުރީގެ ނައިބުރައީސް އަދި ފަހުން ރައީސް މުހައްމަދު ނަޝީދު (އަންނި) ގެ ވެރިކަން ވެއްޓުމާއެކު ރައީސަކަށް ވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން، އެޕްސްޓީން ފައިލްސް ގައި 244 ފަހަރު ފާހަގަ ކޮށްފައިވާ އިރު އެމަނިކުފާނު ޖެޕްރީ އެޕްސްން އާ ބައްދަލުކުރެއްވިކަން ވެސް ވަނީ ހާމަވެފައެވެ.
އެޕްސްޓީން ފައިލްސް ލީކުވެ، އެ މައްސަލަ ހޫނުވެފައިވާއިރު ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެޕްސްޓީންއާ އެކު ބޭއްވެވި އެއްވެސް ބައްދަލުވުމަކީ އިޖުތިމާއީ ބައްދަލުމެއް ނޫން ކަމަށެވެ. އަދި އެޕްސްޓީންއާ އެކު ސިޔާސީ ޕާޓީއެއް ނުވަތަ ނުރަސްމީ ބައްދަލުވުމެއް ނުބާއްވަވާ ކަމަށާއި އެ ބައްދަލުވުންތަކަކީ މަގާމުގެ ހައިސިއްޔަތުން، އެހެން އޮފިޝަލުންނާ ވެސް އެކުގައި ބޭއްވެވި ބައްދަލުވުން ތަކެއް ކަމަށެވެ.